ފަލަސްތީނާ ދެކޮޅު ފިޔަވަޅުތައް އެޅުން ހުއްޓުވުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް ޕްރެޝަރު ކުރުމަށް މެދުއިރުމަތީގެ ސުލްހައިގެ ކުރީގެ މަންދޫބު ސަފީރު މާޓިން އިންޑައިކް ވަނީ އެމެރިކާގެ ސަރުކާރަށް ގޮވާލައްވާފަ އެވެ. އޭނާ ވިދާޅުވީ އިސްރާއީލުގެ މިނިސްޓަރު އޮފް ނޭޝަނަލް ސެކިއުރިޓީ އިޓަމާރް ބެން ޣަވީރްއާ ޔަހޫދީ އިސްތިއުމާރީންގެ ގްރޫޕަކުން މިއަދު ހެނދުނު، އަލްއަގްސާ މިސްކިތުގެ ހަރިންމަ ތެރެއަަށް ވަދެ އަޅުކަން ކުރުމަށް މަސައްކަތް ކުރުމަކީ ޤުދުސްގެ ހާލަތު ބަދަލު ކުރުމަށް އޭނާ ކުރާ މަސައްކަތެއް ކަމަށެވެ.

އިންޑައިކް ފާހަގަ ކުރެއްވި ގޮތުން އެމެރިކާއިން އަހަރަކު އިޒްރޭލަށްދޭ އެހީ ކަނޑާ ނުލާނެއެވެ. ނަމަވެސް އެހެން ދަތިކުރުމުގެ ފިޔަވަުތައް އެމެރިކާއިން އަޅާފާނެ ކަމަށެވެ، އޭގެ ތެރޭގައި ބައިނަލްއަގްވާމީ ދަތިކުރުމުގެ ފިޔަވަޅުތކާއި އުގޫބާތްތަކުން އިޒްރޭލު ހިމާޔަތް ކޮށްނުދިނުން ފަދަ ކަންކަން ކޮށްފާނެއެވެ. އެގޮތުން ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުފަދަ ތަންތަނުން އިޒްރޭލު ހިމާޔަތް ނުކުރުމަކީ އެމެިރކާއިން ކޮށްފާނެ ކަމެއް ކަމަށް އޭނާ ދެކެ ވަޑައިގަންނަވައެވެ. އަދި ކަންކަން އެންމެ ގޯސްވާ ހިނދު އެނޫން ފިޔަވަޅުތައްވެސް އެމެރިކާއަށް އެޅިދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.