މާލެ ސިޓީ ކައުންސިލުގެ ކޯލް ސެންޓަރަށް ހުކުރު ދުވަސްފިޔަވައި އެހެން ހުރިހާ ދުވަހަކު ގުޅޭނޭ ކަމަށް މާލޭ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިހެން ވިދާޅުވީ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 83 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މޭޔަރު ވިދާޅުވީ މާލެ ސިޓީގެ ކޯލް ސެންޓަރަށް، މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކާ ގުޅޭގޮތުން ގުޅައިގެން މައުލޫމާތު ލިބޭނޭ ކަމަށެވެ. ހުކުރު ދުވަސް ނޫން

އާދީއްތަ ދުވަހު ހެނދުނު 8:00 ފެށިގެން ބުރާސްފަތި ދުވަހުގެ ރޭގަނޑު 00:00 ހަމައަށް މާލެ ސިޓީ ކައުންސިލުގެ ކޯލް ސެންޓަރު ހުޅުވާފައި ހުންނާނޭ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. ހޮނިހިރު ދުވަހު ހެނދުނު 9:00 ފެށިގެން 04:00 ހަމައަށް ކޯލް ސެންޓަރު ހުޅުވިފައި ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. މާލެ ސިޓީ ކައުންސިލުގެ ކޯލް ސެންޓަރުގެ ނަންބަރަކީ 1622 އެވެ.