މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމަކީ ބާވެ، ހަލާކުވެފައި ހުންނަ މުޞްޙަފްތަކާއި ކީރިތި ޤުރުއާނުގެ އާޔަތްތައް ލިޔެފައި ހުންނަ ލިޔުންތައް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އިޙްތިރާމާއެކު ނައްތާލުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވެވި ބައްދަލުވުމެކެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލްއާއި ޕަރމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލް ބައިވެރިވެވަޑައިގެންނެވިއެވެ.