ހުވަދު އަތޮޅު ދެކުނުބުރީ ވެރިކަންކުރާ ރަށް ތިނަދޫގައި ފެނަކައިން އަލަށް އިމާރާތް ކުރަން ޖަމަޖެހިފައިވާ އިންޖީނުގޭގެ ބިންގައު އަޅައިފިއެވެ.

އިމްޖީނުގޭގެ ބިންގައު އަޅުއްވައި ދެއްވި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަހުމަދު ސަޢީދު މުހައްމަދެވެ. މިރަސްމިއްޔާތުގައި ތިނަދޫ ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ ޢަބްދުﷲ ސަނީފާއި، އުތުރު ދާއިރާގެ މެމްބަރު ޢަ ބްދުލް މުޣުނީބައިރިވެވަޑައިގެންފައެވެ.

މިއީ ރަށްރަށުގެ އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލު ކުރުމަށް ފެނަކައިން ކުރިއަށް ގެންދަވާ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މީގެ ކުރިން ތިނަދޫ އިންޖީނުގޭގައި ރޯވެ ވަރަށް ބޮޑަށް ވަނީ ގެއްލުން ވެފައެވެ.

އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލު ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން މިއަހަރު ނިމޭއިރު 28 އިމްޖީނުގެއެއް ހުޅުވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފެނަކައިން ކުރިން ވަނީ ވިދާޅުވެފައެވެ.