ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ އަށް ވަޑައިގަންފިއެވެ. އެމަނިކުފާނު އެރަށަށް ވަޑައިގެންނެވުމުން ވަނީ ވަރަށް މަރުޙަބާއެއްވެސް ދަންނަވާފައެވެ.

އެ މަނިކުފާނުގެ މި ދަތުރުފަޅަކީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ގޮތުން ރައީސް ވަނީ ރ. އަތޮޅުގެ ބައެއްރައްތަކަށްވެސް ވަޑައިގެން ކެމްޕެއިން ކުރައްވައިފައެވެ. އޭގެތެރޭގައި ރ. މީދޫ އާއި އިންނަމާދޫވެސް ހިމެނެއެވެެ.

މިމަހުގެ އަށީވީހުގައި ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް ސާލިހުއާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖްލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.