އިނގިރޭސި އަމީރު ހެރީގެ ޑައިރީ ޝައިއު ކުރުމުން އެނުގިގެން ދިޔައީ އިނގިރޭސި ޝަހީ އާއިލާއަކީ ނަސްލީ ތަފާތު ކުރާ މުއައްސަސާއެއް ކަމާއި އެމީހުންނަކީ ދުނިޔެއިން އެކަހެރިވެފައިވާ މީހުންނަށް އާންމު ތަންތާނގައި އެމީހުންގެ ރިތި ބުރު ސޫރައެއް ދައްކާ ގޮތެއް ފޮތެއް ނެތް ބައެއް ކަމަށެވެ.

ހެރީގެ ޑައިރީ އަކީ މީހުން މަރާލުމާއި، ބަދުބަސް ބުނުމާއި، ޒުވާބު ކުރުމާއި މަސްތުވާތަކެތި ބޭނުން ކުރުމާއި، މެދުނުކެނޑި އާއިލާ ތެރޭގައި ޒުވާބު ކުރުންތައް ހިމެނޭ ގޮތަށް ގަނޑުކޮށް ފަޟީހަތުން ފުރިގެންވާ ހާދިސާތަކެއް ހިމެނޭ ފޮތެކެވެ. މި މަހުގެ 10ގައި އެފޮތް އާންމު ކޮށް ވިއްކަން ހަމަޖެހިފައިވާއިރު ސްޕެނިޝްބަހުން ޝާއިއުކުރާ ތަރުޖަމާގެ ކޮޕީތައް ވަނީ ފިހާރފަތަކަށް ފާއްދާލައިގެން ވިއްކަން ފަށާފައެވެ.

ފަޟީހަތަކީ އާންމުން އިންސާނުންގެ ލޮލަށް ފޮރުވާފައި އޮންނަ އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ސިއްރު ދުނިޔެއެކެވެ. އެއީ އަޚުލާގެއް ނެތް، އަދަބާއި ސަދަބާއި އިހުތިރާމުން އެއްކިބާވެފައިވާ މުދާވެރިކަމާއި ޖާހުގެ ދަހިވެތިކަމުގެ މަރުކަޒެއް ކަން ހެރީގެ ޑައިރީން ހާމަވެގެން ދެއެވެ.

ޕްރިންސް ހެރީގެ ޑައިރީ

އުމުރުން 38 އަހަރުގެ އިނގިރޭސި އަމީރު ހެރީގެ ފޮތް "ސްޕެއާ" (ދަ ރިޒާވް) ގައި ބުނެފައި ވަނީ އޭނާ ސަންޑާސްޓްގައި ކިޔަވަން އުޅުނު އިރު ނަސްލީ ތަފާތު ކުރުމުގެ އަމަލެއް ހިންގި ކަމަށެވެ. ދެކުނު އޭޝިއާގެ އަޙުމަދު ރަޒާ ޚާންއާ ދިމާއަށް އޭނާ މުޚާތަބު ކުރި ބަހަކީ ދެކުނު އޭޝިއާ މީހުންނަށް ވަނަމަކަށް އިނގިރޭސން ބޭޏުން ކުރާ ބަހެކެވެ. ހެރީ ބުނީ ކުޑަ އިރު އަބަދުވެސް އެ ސިފައިން ދެކުނު އޭޝިއާ މީހުންނާ މުޚާތަބު ކުރާ އަޑު އިވިފައި ވުމުން އެއީ ބަދު ބަހެއް ކަން އޭނާއަށް އިޙުސާސް ނުކުރެވުނީ ކަމަށެވެ. އަދި އެކަމަށް އޭނާ މައާފަށް އެދުމުން ޚާން އޭނާއަށް މައާފް ކުރި ގޮތުގެ މާތް ކަމުން އިތުރަށް އޭނާ ލަދުގަތް ކަމަށްވެސް ކިޔައި ދީފައި ވެއެވެ.

އެފަދަ އެހެން ހާދިސާއެއްގައި ނާޒީންގެ ޔުނިފޯމް ލައިގެން ޕާޓީއެއްގައި އޭނާގެ ބޭބެ މިހާރުގެ ވަލީ އަހުދާއި އޭނާގެ އަންބިކަނބަލުންނާއެކު "ރަށްވެހިންނާއި އިސްތިއުރީން" ގެ ތީމަށް ބޭއްވި ޕާޓީއެއް ގައި ބައިވެރިވި ކަމަށްވެސް ކިޔައި ދިނެވެ. އަދި އޭނާގެ ބޭބެއާއި އޭނާގެ މިހާރުގެ އަންހެނުން ހެރީ ލައިގެން ހުރި ހެދުމަށް މަޖާވެގެން ބަނޑުގައި އަތް އަޅައިގެން ހީ ހެދިކަމަށްވެސް ކިޔައި ދީފައި ވެއެވެ.

އާއިލީ ޒުވާބާއި ބެހޭ ގޮތުން އޭނާ ކިޔައިދިން ގޮތުގައި ވަލީއަހުދު ޕްރިންސް ވިލިއަމް 2019 ވަނަ އަހަރު ހެރީގެ އެމެރިކާގެ އަންހެނުން މޭގަން މާކެލްއާ ދެމެދު އުފެދުނު ޒުވާބެއްގައި އޭނާ ބިއްމައްޗަށް ވައްޓާލި ކަމަށާއި ވެއްޓިގެން ގޮސް ޖެހުނީ ކުއްތާއަށް ކާން އަޅާ ތަށީގައި ކަމާއި އެތަށި ފުނޑުފުނޑުވި ކަމަށްވެސް ކިޔައި ދީފައި ވެއެވެ.

އޭނާގެ މަންމަ ޕްރިންސެސް ޑަޔާނާގެ މަރާއި ކުރިމަތިލުމުގައި ދިމާވި ހިތްދަތި ކަމަށް އިޝާރާތްކޮށް، އޭނާގެ ބައްޕަ ދެވަނަ އަންބަކަށް ކެމިލިއާ ކައިވެނި ނުކުރުމަށް އޭނާ އާއި އޭނާގެ ބޭބެ ވިލިއަމް، 40، ދެކޮޅު ހަދައި އާދޭސްކުރި ގޮތުގެ ވާހަކަވެސް ކިޔައި ދީފައި ވެއެވެ.

އަމީރާ ޑަޔާނާ އަވަހާރަވީ 1997 ވަނަ އަހަރު ކާރު އެކްސިޑެންޓެއްގައެވެ.

މުސްލިމުން މެރުމުގައި ހެރީގެ ދައުރު

ހެރީ އަކީ އިނގިރޭސި ޝާއިހީ އާއިލާގެ ލަގަބުން އަމއްލައަށް މަރުމޫވެފައިވާ އަމީރެކެވެ. އޭނާގެ ޑައިރީގައި މަސްތުވާތަކެތި ބޭނުން ކުރިކަމަށްވެސް ބުނެފައި ވެއެވެ. ފުރާވަރުގެ އުމުރުގައި ކޮކެއިން ބޭނުންކުރި ކަމަށް އެއްބަސްވާއިރު، އަފްޣާނިސްތާންގައި މުސްލިމުން މެރިކަމަށްވެސް އޭނާ ވަނީ އެއްބަސްވެފައެވެ.

އަފްޣާން ސަރުކާރުން ބުނީ އެއީ ހުޅަނގުން ހިންގާފައިވާ ޖަރީމާތަކުން ވަރަށް ކުޑަ މިންވަރެއް ކަމަށެވެ.

ހެރީ ބުނީ އިނގިރޭސި ސިފައިންގެ ޚިދުމަތުގައި އުޅުމުގެ ތެރޭގައި އަފްޣާން 25 މީހުން މަރާލި ކަމަށް އެއްބަސްވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ނޫސް “ދަ ގާޑިއަން” އިން ބުނާ ގޮތުގައި 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ވިންޑްސަރ ކަސްޓަލްގައި ބޭއްވި ޗާލްސްގެ ދެ ދަރިންގެ ޒުވާބު ހޫނުވެގެން އޭނާ އެދިފައި ވަނީ އޭނާގެ އުމުރުގެ އެންމެ ފަހު ބައިގައި ނިކަމެތިކޮށް ބޮލަށް އުދަގޫ ކޮށް ނުހެދުމަށެވެ. ޗާލްސްއަކީ މިހާރު އިނގިރޭސި ރަސްގެފާނެވެ.