ގައުމުތަކުން އިންޓަރނެޓް ކަނޑާލައި ނުވަތަ ވަޓްސްއެޕަށް ނުވަނދެވޭ ގޮތް ހެދިކަމުގައި ވިއަސް ޔޫޒަރުންނަށް ވަޓްސްއެޕްގެ ޚިދުމަތް މެދު ނުކެނޑި ލިބޭ ގޮތަށް ހަމަޖައްސަން ނިންމައިފިއެވެ. ވަތްސްއެޕްގެ މި ނިންމުމަކީ، އީރާނުގައި މެދު ނުކެނޑި ހިނގަމުންދާ މުޒާހަރާތަކާއި އިންޓަރނެޓް ކަނޑާލުމާއި ވަޓްސްއެޕަށް ހުރަސްއެޅުމާ ގުޅިގެން މުޒާހަރާ ކުރާ މީހުންނަށް ފުރުސަތު ދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެކުންފުނިން ބުނެއެވެ.

ވަޓްސްއެޕް ބްލޮކް ކޮށްލާ ހާލަތްތަކުގައި އެޚިދުމަތް ލިބޭނީ ޕްރޮކްސީއެއް މެދުވެރިކޮށްގެންނެވެ. އެ ޕްރޮކްސީ ސާވާއަކީ ވޮލަންޓިއަރުންނާއި ޖަމާއަތްތަކާއި އެކަމަށް ފަހިކޮށްދޭ ކުންފުނިތަކުން ކޮށްދޭނެ ޚިދުމަތެއް ކަމަށް ވަޓްސްއެޕްގެ ސީއީއޯ ބުނެއެވެ.