މާފުށީ ޖަލުގައި މިއަދު ދެގައިދީއެއްގެ ދެމެދުގައި މާރާމާރީއެއް ހިނގި ކަމަށާއި އެކަމަކު މިމާރާމާރީގައި ސީރިއަސް އަނިޔާއެއް އަނިޔާއެއް އެއްވެސް ފަރާތަކަށް ލިބިފައި ނުވާ ކަމަށް މޯލްޑިވްސް ކްރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން މިރޭ ހާމަ ކޮށްފިއެވެ.

އެމްސީއެސްއިން މިރޭ 22:30 ހާއިރު މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ދެގައިދީއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއް ކަރެޝަނަލްގެ އޮފިސަރުން ހުއްޓުވައި ދެގައިދީން މާލެ ގެނެސް އައިޖީއެމްޗުގައި ފަރުވާ ދިނުމަށްފަހު ޑިސްޖާޖް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި މިމާރާމާރީއާ ގުޅުވައި ސޯޝިއަލް މީޑިޔާގައި ދައުރު ކުރަމުން އަންނަ ފޮޓޯއަކީ މިމާރާމާރީއާ ގުޅުން ހުރި ފޮޓޯއެއް ނޫން ކަމަށްވެސް އެމްސީއެސްއިން ވަނީ ބުނެފައެވެ.

މާރާމާރީއާ ގުޅޭ އިތުރު ތަފްސީލް މޯލްޑިވްސް ޕޮލިސް ސަރވިސް އައި އެމްސީއެސްއިންވެސް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.