ސިންގަޕޯރގައި ޑެންގޫގެ ކޭސްތައް އިތުރު ވުމާ ގުޅިގެން، ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން އިންސްޕެކްޓްކޮށް ދިހަ ކޮންޓަރުންނާ މެދު ކޯޓޫ މެދުވެރިކޮށް ފިޔަވަޅު އެޅުމަށް މިހާރު ވަނީ ނިންމާފައެވެ.

އިމާރާތްތަކުގެ މަތީގައި ފެން ހެދިފައި ހުރުމުގެ ސަބަބުން މަދިރި އާލާވެއެވެ. މިމައްސަލައަކީ އާންމު މައްސަލައެކެވެ.

މަދިރި އާލާވާ ތަންތަން ސާފުނުކުރުމުގެ ކުށުގައި މިއަހަރުގެތެރޭ މިހާތަނަށް 21 ސައިޓެއްގައި މަސައްކަތް ހުއްޓުވާފައި ވެއެވެ.

ސިންގަޕޯރގައި ޑެންގޫ ކޭސް އުޅެނީ 30ހާ ހާމައިގައެވެ. މިއީ މިހާ މައްޗަށް އެރި ފުރަތަމަ ފަހަރެވެ.

ސިންގަޕޯރގެ އިގްތިސާދަށް ވަނީ ކޮރޯނާއިން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ. މިހަތަނަށް ކޮންސްޓްރަކްޝަންގެ ދާއިރާއިން 10 ބިލިއަން ސިންގަޕޯރ ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހިފައި ވެއެވެ.

ހެލްތު އިންސްޕެކްޓަރުން އިމާރާތްތަކަށް ގޮސް ބެލުމުން މަދިރިއާލާވާ ތަންތަން ހުރުމުން އެތަންތާގެ ކޮންސްޓްރަކްޓަރުން އެއަށް ޖަވާބުދަރީވާން ޖެހެއެވެ.