އިސްރާއީލުގެ ސަރުކާރުތަކުގެ ތެރެއިން އެންމެ ހަރުކަށި ކަނާތުފިޔައިގެ ސަރުކާރު ކަމަށް ސިފަކުރާ ބެންޖަމިން ނަތަންޔާހޫގެ އާ ސަރުކާރުގެ ސިޔާސަތުތައް ކުށްވެރިކޮށް ރައްޔިތުންގެ އެތައް ހާސް ބަޔަކު ޓެލްއަވީވްގައި މުޒާހަރާކޮށްފި އެވެ.
ހަބީމާ މައިދާނަށް އެއްވެ މުޒާހަރާގެ ބައިވެރިން ވަނީ ނަސްލީ ތަފާތު ކުރުމާއި ފޭޝިޒަމްއާ ދެކޮޅު ހަދާކަމަށް ބުނެ އަޑު އުފުލާފައެވެ. އެމީހުން ގޮވަމުން ދިޔައީ އިޒްރޭލުގެ "ޑިމޮކްރަސީ ނުރައްކަލުގެ ތެރޭގައި" އޮތް ކަމަށާއި އިޒްރޭލަކީ "މިއީ އަހަރެމެންގެ ވަޒަން" ކަމަށް ބުނާ ބެނާތަކާއެކުގައެވެ.
އާންމުން ބުނަމުން ދިޔައީ "ހުރިހާ ރައްޔިތުން ހަމަހަމަ ކަމަށާއި، ޔަހޫދީންނާއި އަރަބިންވެސް"، "ސަރުކާރުން ސްޕޮންސަރ ކުރާ ތަފާތުކުރުންތަކަށް ނޫނެކޭ!" އަދި "ބެން ގްވިރް އާއި ސްމޮޓްރިޗް އަކީ މުސީބާތެއް" ކަމަށް ވެސް ގޮވާފައެވެ.
އިސްރާއީލުގެ ލޭބަރ ޕާޓީގެ ލީޑަރު މެރަވް މިކޭލީ ޓްވިޓާގައި ލިޔެފައި ވަނީ "އަހަރެމެން ނުކުތީ އެތައް ހާސް މުޒާހަރާވެރިންނާ އެކު މުޒާހަރާކޮށް ސާފު ކޮށް އަޑު އިއްވަން. އަހަރަމެން ގޮވަނީ އަހަރެމެންގެ ގައުމު ހަލާކު ނުކުރެވޭނެ! އަހަރެމެންގެ ޑިމޮކްރަސީއަށްޓަކައި ހަނގުރާމަ ކުރަމުން ގެންދާނަން،" ކަމށެވެ.
ޔަހޫދީ ގައުމުގެ ގައުމީ އަދި ދީނީ ހައްދުފަހަނައަޅާފައިވާ ކަނާތު ފިޔާގެ ޕާޓީތަކުން އުފެއްދި ނަތަންޔާހޫ ގެ އާ ސަރުކާރު ހުވާ ކުރީ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އާބާދީ ފުޅާކުރުމުން ފެށިގެން އިުޒްރޭލުގެ ޝަރުއީ ނިޒާމު ބަލިކަށިކުރުމާ ހަމައަށް ބޮޑެތި ބަދަލުތައް ގެނައުމަށް ރާވާފައި ވެއެވެ.
އާޖަސްޓިސް މިނިސްޓަރު ޔާރިވް ލެވިން ރާވާފައިވާ ބަދަލުތަކަކީ މުޒާހަރާގެ ބައިވެރިންގެ އެންމެ ބޮޑަށް ކަންބޮޑުވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެއްކަމެވެ. ލެވިން މަސައްކަތް ކުރައްވަނީ ޕާލަމެންޓްގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން ސުޕްރީމް ކޯޓުގެ ނިންމުންތައް ބާތިލް ކުރެވޭނެ ގޮތް ހަދައި، ފަނޑިޔާރުން އައްޔަންކުރާ އިދާރާގެ ކޮމްޕޮޒިޝަން ބަދަލު ކުރާށެވެ.