ޔޫކްރޭންގެ ބޯޑަރު ކައިރީގައި އޮންނަ ރޮސްޓޮވް އޮބްލާސްޓްގައި ރަޝިޔާގެ ވައިގެ ދިފާއީ މަރުކަޒަކުން ޔޫއެފްއޯއެއް ވައްޓާލި ކަމަށް ރިޕޯޓު ކޮށްފިއެވެ. އަދި ލޯކަލް މީޑިއާއާއި ޓެލެގްރާމް ޗެނަލްތަކުން ވަނީ އުޑުމަތިން އެއްޗެއް ގޮވާ މަންޒަރުގެ ވީޑިއޯތައް ހިއްސާކޮށްފަ އެވެ.

މި ޚަބަރު އެންމެ ފުރަތަމަ ޓެލެގްރާމްގައި ހިއްސާކުރީ ރޮސްޓޮވް އޮބްލާސްޓްގެ ގަވަރުނަރު ވަސިލީ ގޮލޫބެވްއެވެ. އޭނާ ބުނިގޮތުގައި އެ ޔޫއެފްއޯ ފެނުނީ ސުލްތާން ސާލާ އަވަށުގެ މަތިންނެވެ.

އަދި ރައްޔިތުން ހާސް ނުވުމަށްވެސް އޭނާ އެދުނެވެ. ބައެއް ފަރާތްތަކުން ބުނެފައި ވނީ އެއީ ޔުކްރެއިން އިން ފިނުވާލި އެއްޗެއް ކަމަށެވެ. ނަމަވެސް އެއީ ސައިޒުގެ ގޮތުން ކުޑަ ބޯޅައެއްގެ ސިފައިގައި އޮތް އެއްޗެއް ކަމަށް މަންޒަރު ދުށްމީހުން ބުންޏެވެ.

ރަޝިޔާގެ ޕލަމެންޓް ޑޫމާގެ މެމްބަރުންވެސް މި ޚަބަރު ފެތުރިއެވެ. ނަމަވެސް ސަރުކާރުން އެއަށް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.