މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމަކީ ''ރަންތާޖު'' ޤުރުއާން މުބާރާތާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ. މި މުބާރާތަކީ ރަމަޟާންމަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

މި ބައްދަލުވުން އޮތީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. މިއީ ޔޫތު މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެޓީވީ ގުޅިގެން ގެންދާ މުބާރާތެކެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލްއާއި ޕަރމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލް ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި ހަމައެއާއެކު ރާއްޖެޓީވީގެ އިސްވެރިންނާއި،ޔޫތް މިނިސްޓްރީގެ އިސްވެރިންވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.