ޅ. އަތޮޅުން ފެށިގެން ދ. އަތޮޅާދެމެދުގައި ހިމެނޭ އަތޮޅުތަކަށް ހުދުސަމާލު ނެރެފިއެވެ.
އެ ހިސާބުގަނޑަށް ހުދުސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:00 އިން އިރުއޮއްސި 18:00 އާ ހަމައަށެވެ.
އެވަގުތުގައި ކަނޑުތައްވެސް ގަދަވާނެކަމަށް މެޓު އޮފީހުން ވަނީ ހާމަކޮށްފައެވެ. އޭގެ އިތުރުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މިމަހު 4 ވަނަ ދުވަހު މެޓުން ނެރުނު ރިޕޯޓެއްގައިވައިގޮތުން ރާއްޖޭގެ އުތުރު އަތޮޅުތަކަށާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވާރޭ ވެހޭ މިންވަރު، މިދުވަސްވަރަށް އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރު ވުމަކީ އެކަށީގެން ވާކަމެކެވެ. ނަމަވެސް އެހެން ހިސާބުތަކަށް މިދުވަސްވަރަށް އާންމުކޮށް ވެހޭވަރަށްވުރެ މަދު ވާނެކަމަށް ބެލޭކަމަށްވެސް މެޓުން ވަނީ ވިދާޅުވެފައެވެ.
މިގޮތުން މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ފިނިހޫނުމިން އާންމު މިންގަނޑުގައި ހުންނާނެކަމަށް މެޓުން ލަފާކުރައްވާފައެވެ.