ޅ. އަތޮޅުން ފެށިގެން ދ. އަތޮޅާދެމެދުގެ ރަށްރަށަށް މިއަދު ހުދުސަމާލު ނެރެފިއެވެ. މެޓް އޮފީހުން މި ސަމާލުނެރެފައިވަނީ މިއަދު މެންދުރު 12 އިން ހަވީރު 6:00 އަށެވެ.

މެޓު އޮފީހުން ވިދާޅުވީ އެ ވަގުތުކޮޅުގައި ކަނޑުތައްވެސް ގަދަވެ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގެ ބައެއް ރަށްތަކަށް ވާރޭ ވެހޭ މިންވަރު، އާންމުކޮށް ވެހޭ ވަރަށްވުރެ މިދުވަސްވަރު އިތުރު ވުމަކީ އެކަށީގެން ކަމެއް ކަމަށާއި ނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކަށް މިދުވަސްވަރަށް އާންމުކޮށް ވެހޭވަރަށްވުރެ މަދު ވާނެކަމަށް ބެލޭކަމަށްވެސް މެޓުން ވަނީ ވިދާޅުވެފައެވެ.