ނ. މާފަރާއި ގއ. ވިލިގިލީގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

މިއިީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮފަރޭޝަނެކެވެ. މި އޮޕަރޭޝަނަށް ޕޮލިސް އިންޓެލިޖެންސްގެ އެހީތެރިކަން ވަނީ ލިބިފައެވެ. މި އޮފަރޭޝަންތައް ހިނގާފައިވަނީ މިހަހު އަށްވަނަ ދުވަހުއެވެ.

މާފަރުފައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށް، ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓަކާއި، ސެލޯފިން ކޮޅަކާއި، ދެ ކަރުދާސްކޮޅު ފެނިފައިވާކަމަށް ފުލުހުން ވަނީި ވިދާޅުވެފައެވެ.

މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް އެމީހާ ހާޒިރުކުރުމުން އޭނާ ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ވަނީދީފައެވެ.

ވިލިގިނލި ޕޮލިސް ސްޓޭޝަނުން ވަނީ ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރޭއިން އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އަމަލުތައްހުރި ގޮތުން ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ސެލޯފިން ކޮޅު ފެނުމާ ގުޅިގެންނެވެ.

މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާވަނީ ދޫކޮށްލާފައެވެ. މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.