އިސްރާއީލުގެ އާ ކަނާތުފިޔައިގެހައްދު ފަހަނައަޅާފައިވާ ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރު އިޓަމާރް ބިން ޣަފީރް ސިފަ ކުރާ ގޮތުގައި ފަލަސްތީނުގެ ދިދަތަކަކީ ޓެރަރިޒަމަށް ހިތްވަރުދޭ ނިޝާންތަކެކެވެ. އަދި އޭނާ ފުލުހުންނަށް އަންގާފައި ވަނީ އާންމު ތަންތަނުން ފަލީސްތީނުގެ ދިދަތައް ނަގައި ހޫރާލުމަށެވެ.

ބެންޖަމިން ނަތަންޔާހޫގެ އާ ސަރުކާރުގައި ބެން ޣަފީރަކީ ފުލުހުންނާ ބެހޭ ވަޒީރެވެ. އޭނާއަކީ ޓެރަރިޒަމްގެ މައްސަލާގައި ބައިނަލްއަގްވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އަލައި އެމެރިކާއިން ބްލެކް ލިސްޓް ކޮށްފައި ހުރި ޓެރަރިސްޓެކެވެ. ބެން ޣަފީރަކީ ހައްދުފަހަނައަޅާފައިވާ ޓެރަރިޒަމަށް ހިތްވަރު ދިން ފާދިރީ މާއީރް ކާހާނާއަށް ތަބާވާ މީހެކެވެ. މާއީރް ކާހާނާ ވަނީ މިހާރު ކައްވަޅަށް ގޮސްފައެވެ.

ފަލަސްތީނުގެ ދިދަތަކަކީ އޮސްލޯގެ މުއާހަދާތަކުގެ ދަށުން ފަލަސްތީނުގެ ސަރުކާރަށް ލިބިދޭ ހައްގުތަކާއެކު ނެގުމަށް ހުއްދަ އެއްޗެކެވެ.

ފަލަސްތީނުގެ ޝަޚްސިއްޔަތު އޮޅުވާލައި ހިންދާ ލުމަށް ޔަހޫދީން ކުރާ މަސައްކަތުގައި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ފަލަސްތީނުގެ ދިދަ ވިހުރުވުމަށް ހަރުކަށި ފިޔަވަޅުތަކެއް ކުރިންވެސް އެޅިއެވެ.

އިޒްރޭލު ސަރުކާރުގެ އަމަލުތައް ހުރިގޮތުން ކޮންމެ ހިނދެއްގައިވެސް ފަލަސްތީނުގައި ހަމަނުޖެހުމަށް ފުރުސަތު އޮތް ކަމަށް ބެލެވެއެވެ.