އެމެރިކާ ބައްރުގައި ސްނޯ ތޫފާންތައް ލައިގަތުމުން 65 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވެއެވެ. އެ ތޫފާންތަކަކީ ދިހަވަރަކަށް އަހަރު ތެރޭގައި އުފެދުނު އެންމެ ބިރުވެރި ފިނީގެ ތޫފާންތަކެއް ކަމަށް މީހުން ބުނެއެވެ.
ކެނެޑާގެ އޮންޓޭރިއޯގެ ފޯޓް އެރީގެ ބައެއް މީހުން ބުނާ ގޮތުގައި އެމީހުންނަށް މި ފިނި މޫސުމަކީ މިހާތަނަށް ކުރެވުނު އެންމެ އުދަގޫ އަދި ބިރުވެރި ތަޖުރިބާއެވެ.
ލޭކް އެރީ ސަރަހައްދު ވަނީ އެއްކޮށް ގަނޑުވެފައެވެ. ގެތައް ހީވަނީ ލެގޯ ކުޅިވަރު ބައެއް ހެންނެވެ.
ގުގުރުމާއެކު ގަނޑުފެން ފައިބައި، ގަޑިއަކު 125 ކިލޯމީޓަރަށް ވައިގަދަވެފައި ވެއެވެ. އަދި މެދުކެނޑުމެއްނެތި ސްނޯ ވެހެމުން ދިޔަ ކަމަށް މީހުން ބުނެއެވެ.