ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން ބިން ހިއްކުމާއި ބޭރުތޮށި ލުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށް އެމްޓީސީސިން ބުނެފިއެވެ.

އޭގެ އިތުރުން އެ މުޅި މަޝްްރޫއުގެ 84.91 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް އެމްޓީސީން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން:

  • 6 ހެކްޓަރުގެ ބިން ހިއްކުން
  • 229,663.36 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން
  • 220 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • 148 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 270 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން

މި މަޝްރޫޢަކީ 113.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.