60 ވަނަ ދަރިފުޅު އުފަންވުމާއެކު އުމުރުން 50 އަހަރުގެ ސަރުދާރު ޖާން މުހައްމަދު ޚާން ޚިލްޖީ ވަނީ އުފަލުން ފޮޅިފައެވެ. ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޚިލްޖީ ދިރިއުޅެނީ ޕާކިސްތާންގެ ކުއެޓާގައެވެ. އޭނާ އަކީ ބޮޑު އާއިލާއެއް ބަލަހައްޓާ އަދި ތިން އަންހެނަކާ ކައިވެނިކޮށްގެން ނުހަނު އުފަލުގައި އުޅޭ މީހެކެވެ.
ޚިލްޖީގެ މިހާރުގެ ޝައުގުވެރިކަމަކީ ހަތަރު ވަން އަންބެއް ހޯދުމެވެ. ޚިލްޖީގެ ހުރިހައި ދަރިންނާއި ތިން އަނބިންވެސް ދިރިއުޅެނީ އެއް ގެއެއްގައެވެ.
ޚިލްޖީއަށް ކުދިން ލިބުމުގައި ހުއްޓުމެއް ނެތެވެ. އޭނާގެ ތިން އަނބުންވެސް މި މުނާސަބާގައި ބުނެފައި ވަނީ އެމީހުން ތިބީ އެމީހުން ބަނޑުބޮޑު ވާނެ ދުވަހަކަށް ކެތް މަދުވެފައެވެ.
ސިއްޙީ ފަރުވާއަކީ ޚިލްޖީއަށް މައްސަލައެއް ނޫނެވެ. އޭނާގެ ގޭގައި ކްލިނިކެއް ހުރެއެވެ.