މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުމަތީގެ ކަންކަން ބެލެހެއްޓުމަށް މަގުފާރަވެރިން އުފައްދާ އެކަމަށް މުވައްޒަފުން ނަގަން ނިންމައިފިއެވެ. އެ ކައުންސިލުން އެގޮތް ނިންމީ މިއަދު އެކައުންސިލުން ބޭއްވި ހަތަރު ވަނަ ދައުރުގެ 84 ވަނަ ޖަލްސާގައެވެ.

މާލެ މަގުތައް ބެލެހެއްޓުމަށް މަގު ފާރަވެރިން ނެގުމަށް ހަމަޖެއްސީ މާލޭގެ މަގުތަކުގެ އެކިއެކި ކަންކަން ބެލެހެއްޓުމަށް އެކައުންސިލުންވަނީ ވިދާޅުވެފައެވެ.

އެ މަގު ފާރަވެރިން މަސްއޫލިއްޔަތުގެ ތެރޭގައި :

  • މަގުމަތީގައި ދުއްވާ އުޅަނދުފަހަރު ދުއްވަނީ ގަވާއިދާ އެއްގޮތަށްތޯ ބަލުން
  • މަގުމަތީގައި ޕާކުކޮށްފައިވާ އުޅަނދުތައް ޕާކު ކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުން
  • މަގުމައްޗާއި ޕޭވްމެންޓްގައި ބަހައްޓާފއިވާ ތަކެތި ހުންނަނީ އާންމުންނަށް އުނދަގޫވާގޮތަށްތޯ ބެލުމާއި ރިޕޯޓް ކުރުން ފަދަ ކަންކަނަ ހިމެނެއެވެ.

މިކަމުގެ ސަބަބުން މާލޭގެ މަގުތައް ފުރިހަމަ ގޮތެއްގައި ބެލެހެއްޓުމަށް މަގުފަހި ވެގެންދާނެ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. އަދި މި މަގު ފާރަވެރިން ޕޮލިސް ކޮންސްޓަބިއުލަރީގެ ބޭފުޅުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކުރިން މަގުމަތީގެ ކަންކަން ރަނގަޅު ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.