އާރް.ސީ.ސީ ކުންފުނީގެ ވޭނެއްގެ ތެރެއިން ބަނގުރާ ފުޅިތަކެއްް ފެނުނު މައްސަލައަކީ ކުންފުނިން ނުހަނު ކަންބޮޑުވާ ކަމަށް އެކުންފުނީން ބުނެފިއެވެ.

އެ ކުންފުނީގެ ޗެއާމަން، ރިޓަޔަރޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވީ މި މައްސަލާގައި އެކުންފުނީގެ އެތެރޭގެ ތަހުގީގެއް ހިންގާނޭ ކަމަށެވެ. އޭގެ އިތުރުން ފުލުހުންގެ ތަހުގީގަށް ވެސް ކުންފުނީން އެއްބާރުލުން ދެއްވާނޭ ކަމަށް ވިދާޅުވިއެވެ.

ފުލުހުން ބުނީ އެ ވޭނުން ބަނގުރާ ފެނުނީ ހުޅުމާލެއިން ދުއްވާފައިދަނިކޮށް އެވޭނާމެދު ތުހުމަތުތަކެއް ކުރެވިގެން ހުއްޓުވައި ފާސްކުރިކުރުމުގައި ކަމަށެވެ. އޭގެތެރޭގައި ބަނގުރާ ފުޅިއާއި ދަޅު ހުއްޓެވެ. މި މައްސަލާގައި ބިދޭސިއަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުންގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.