ރާޅާއެޅުމުގައި ދުނިޔޭގެ ރެކޯޑް އަންހެނަކު މުގުރާލައިފިއެވެ. ބްރަޒިލްގެ މާޔާ ގަބޭރާ އަޅާފައިވާ ރާޅަކީ އުސްމިނުގައި 73 ފޫޓުގެ ރަޅެކެވެ.

މިއީ އަންހެނަކު މކި ރެކޯޑަށް އެރި ފުރަތަމަ ފަހަރެވެ. 2019އާއި 2020ގެ ސީޒަނުގައި އެއްވެސް މީހަކު މި ރިކޯޑް ހަދާފައެއް ނުވެއެވެ. އަދި މިއީ ޕްރޮފެޝަނަލް ސަރފިންގގެ ރޮނގުން އަންހެނަކު މި ރެކޯޑަށް އެރި ފުރަތަމަ ފަހަރެވެ.

އުމުރުން 33 އަހަރުގެ ގަބެރިއާ އަކީ ބްރަޒިލް އަނހެނެކެވެ.

ކޮންމެ އަހަރަކުވެސް ޕޯރޗުގަލްގެ ނަޒާރީ ޓައުންގައި ރާޅާއެޅުމުގެ މުބާރާތް ބާއްވައެވެ. ވެރިރަށް ލިޝްބަން ގެ އުތުރުން އޮންނަ މި މަސްވެރި ޓައުނަކީ، ބޮޑެތި ރާޅުތައް އުފެދޭ ތަނެކެވެ.

ކޯސްޓާރިކާވެސް މާކެޓް ކުރަމުންދަނީ ދުނިޔޭގެ ސާފް ކުރުމުގެ އެންމެ މަގްބޫލު މަންޒިލްގެ ގޮތުގައެވެ.

ކޯސްޓާރިކާއަށް އަންނަ ފަތުރުވެރިންގެ ތެރޭން 15 އާއި 20 އިންސައްތަ އަކީ ސާފް ކުރަން އަންނަ މީހުންނެވެ. މިއީ ގާތްގަނޑަކަށް އަހަރަކު ބައި މިލިއަން މީހުންނެވެ.

ކޯސްޓާރިކާގެ އައްސޭރި ފަށަކީ އޭ ކްލާސް ރާޅު އުފެދޭ ތަނެއްކަމަށް ޕްރޮމޯޓް ކުރެވެއެވެ. އަދި ނޭޝަނަލް ޖިއޮގްރެފިކް އިން ބުނާ ގޮތުގައި ސާފް ކުރުމުގެ އެންމެ ގަދަ ދިހަ ގައުމުގެ ތެރޭން ކޯސްޓާރިކާ އުޅެނީ އެއްވަނާގައެވެ.