މާލޭސިޓީން މީހަކު ގެއްލިގެން ހޯދަން ފަަށައިފިއެވެ. ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ ދ. މާއެނބޫދޫ ފަރިމާވިލާ، ޙަސަން ރަމީޒު ކަމަށެވެ. ރަމީޒަކީ އުމުރުން 34 އަހަރުގެ ޒުވާނެކެވެ.

ފުލުހުން ވިދާޅުވީ އޭނާ ގެއްލިގެން ފުލުހަށް މައްސަލަ ރިޕޯޓުކޮށްފައިވަނީ ޖަނަވަރީމަހު 10 ވަނަ ދުވަހު ކަމަށެވެ. އާއިލާގެ ފަރާތުން އެ މައްސަލަ ރިޕޯޓުކުރީ ޖަނަވަރީ މަހު ހަވަނަ ދުވަހުން ފެށިގެން އޭނާގެ ޚަބަރެއް ނުވާތީ ކަމަށް ވެެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ޙަސަން ރަމީޒް ހޯދުމަށްޓަކައި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އޭނާގެ ހިލަމެއް ވެފައެއް ނުވެެއެވެ. ޙަސަން ރަމީޒާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792052 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.