މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރ 9 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު އިއުލާން ކުރައްވައިފިއެވެ. މެންހަޓަން ބިޒްނަސް ހޮޓަލުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންް ފުއާދު ވިދާޅުވީ ދެވަނަ ބުރެއް ބާއްވަންޖެހިއްޖެނަމަ ބާއްވާނީ ސެޕްޓެމްބަރ 30 ގައި ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން ގައުމީ ކޮމްޕްލެއިންސް ބިއޔުރޯއާއި އަތޮޅު ކޮމްޕްލެއިން ބިޔުރޯވެސް ވަރަށް އަވަހަށް އެކުލަވާލެވޭނޭ ކަމަށެވެ. މިފަހަރުގެ އިންތިޚާބުގެ މައިމަރުކަޒަކަށް ވާނީ ދިވެހިރާއްޖޭގެ އަޑުކަމަށެވެ. މި އިންތިޚާބުގައި ބެހެއްޓުމަށް މިވަގުތަށް ހަމަޖެހިފައިވަނީ 600 ވޯޓު ފޮށްޓެވެ. އިންތިޚާބުގެ ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 280،000 މީހުންނަށެވެ.

މިއިންތިޚާބުގައި ވާދަކުރައްވާނޭ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވަނީ އެމްޑީޕީގެ އިސްލީޑަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ.