ވިސާނެގުމާނުލައި ދިވެހި ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ދަތުރު ކުރުުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައިވާ ގޮތުން ދެ ގައުމުގެެ ރައްޔިތުންނަށް އެއްގައުމުން އަނެއްގައުމަށް 30 ދުވަހަށް ދަތުރު ކުރެވޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ އުފާކުރައްވާ ކަމެއް ކަމަށެވެ.

ވިސާގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ކެމްބޯޑިއާގެ ރައީސް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިިންނެވެ. މިއަދު ވަނީ ރާއްޖެއާއި ކެމްބޯޑިއާ ދެމެދު 6 އެއްބަސްވުމެއްގައި ސޮއި ކުރައްވައިފިއެވެ.

ދެމަގައުމުގެ ދެމެދުގައި މިއަދު ބޭއްވި ރަސްމީ ވާހަކަފުޅުތަކަށްފަހު ދެއްވި ބަޔާނުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާުވީ މިއީ ކެމްބޯޑިއާގެ ބޮޑުވަޒީރަކު ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަފަހަރު ކަމަށެވެ. އެމަނިކުފާނު ރާއްޖޭގައި ހޭދަކުރައްވާ ދުވަސްވަރު އެމަނިކުފާނާއި ވަފުދުން ރާއްޖޭގެ ކަނޑުއަޑީގެ ރީތުކަން ތަޖުރިބާ ކުރައްވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކެންބޯޑިއާއަކީ ވެސް ރާއްޖެއާ އެއްފަދައިން ފަތުރުވެރިކަމުގެ މަޝްހޫރު މަންޒިލެއް ކަމަށާއި އެހެންކަމުން ދެގައުމަށް ދަސްކުރެވޭނޭ ކަންކަން އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދެ ގައުމަކީ ވެސް ތަރައްގީވަމުން އަނަން ދެގައުމު ކަމަށާއި، ތަރައްގީކުރަން ކުރާ މަސައްކަތުގައި އެއްގޮތް ކަންތަކެއް އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.