ގައުމުގެ ހާލަތު ބަޔާންކޮށް ކޮންމެ އަހަރަކު ރައީސުލްޖުމްހުރިއްޔާ އިއްވަންޖެހޭ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބުރުވަރީ 6 ވަނަދުވަހު ބާއްވަން ރައްޔިތުންގެެ މަޖިލީހުން ނިންމައިފިއެވެ.

ކޮންމެ އަހަރެއްގެ ވެސް ރައްޔިތުންގެމަޖިލީހުގެ ފުރަތަމަ ދައުރު ފެށުމަށް ބާއްވާ ޖަލްސާގައި ރައީސުކްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަންޖެހެއެވެ. މި ބަޔާން ވެެގެންދާނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގެ މިދައުރުގައި އެމަނިކުފާނު އިއްވާ ފަހު ބަޔާނަށެވެ.

މިޖަލްސާގައި އިއްވަވާ ބަޔާނުގައި ގައުމުގެ މިހާރުގެ ހާލަތު އޮތް ގޮތާއި ރަނގަޅު ކުރުމަށްޓަކައި ކުރައްވަންޖެހޭ ކަަންކަން މިބަޔާނުގައި ރައީސް ވިދާޅުވާނެއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އޮންނާނީ ފެބުރުވަރީ 6 ވަނަދުވަހު ހެނދުނު 9:00 ގައެވެ. މިޖަލްސާގައި އިތުރު އެއްވެސް ކަމެއް ނޯންނާނެއެވެ.