މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާނެ މަރުކަޒުތައް އާއްމުކޮށްފިއެވެ
މަހުގެ 28ވާ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް މުޅި ޖުމްލަ 282 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެގޮތުން މާލޭގައި 85 ވޯޓު ފޮއްޓާއި ހުޅުމާލޭގައި އެއް ފޮށި އަދި ވިލިމާލޭގައި އެއް ފޮށި ބަހައްޓާއިރު އަތޮޅުތެރޭގައި 195 ވޯޓު ފޮށި ބަހައްޓާނެކަމަށް އެ ޕާޓީން ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން ރޭ އާންމުކޮށްފައިވާ މާލޭ ސަރަހައްދުގައި ވޯޓު ފޮށިތައް ބަހައްޓަން ހަމަޖެހިފައިވާ ތަންތަނަކީ:
- އިސްކަންދަރު ސްކޫލް
- ހިރިޔާ ސްކޫލް
- ފެކަލްޓީ އޮފް ހެލްތު ސައިންސް
- އިމާދުއްދީން ސްކޫލް
- މާފަންނު މަދުރަސާ
- އިއްޒުދީން ސްކޫލް
- ތާޖުއްދީން ސްކޫލް
- ކަލާފާނު ސްކޫލް
- ޖަމާލުއްދީން ސްކޫލް
- އެމްއެންޔޫ
- މުހިޔުއްދީން ސްކޫލް
- އަދި ރެހެންދި ސްކޫލު ހިމެނެއެވެ.
މީގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގެ ސުކޫލްތަކުގައި ވޯޓު ފޮށިތައް ބަހައްޓާ ގޮތަށް ނިންމާފައިވާއިރު މި ޕްރައިމަރީގައި ވޯޓު ލުން ފަށައިގެން ކުރިޔަށް ގެންދާ ގޮތަށް ނިންމާފައިވަނީ 28 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00އަށް ކަމަށް އެމްޑީޕީން ވަނީ ވިދާޅުވެފައެވެ.
މިފަހަރު ޕްރައިމަރީ އިންތިޚާބުގައި ވޯޓު ލެވޭނީ އެމްޑީޕީގެ 57،255 މެންބަރުންނަށެވެ. މި ޕްރައިމަރީގައި ވާދަ ކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މަޖިލިސް ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.