އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ދެ ބޭފުޅުންގެ ތެރެއިން އައްޑޫސީޓީގެ މެޖޯރިޓޯ ވޯޓު ލިބިވަޑައިގަންނަވާނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

މި ޕްރައިމަރީގައި ރައީސް ސާލިހާ ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ދެ ބޭފުޅުންވެސް ވަނީ އައްޑުއަށް ވަޑައިގެން ކެންޕޭން ކުރައްވައިފައެވެ. މި ދެބޭފުޅުން މިހާރުވެސް ގެންދަވަނީ އެކި ރަށްރަށަށް ވަޑައިގެން ކެމްޕޭން ކުރައްވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަިކުފާނު ބަލިވެ ވަަޑައިގެންފި ކަމަށްވާނަމަ ރައީސް ސާލިހުގެ ފަހަތްފުޅަށް އެރުއްވުމުގެ ބަދަލުގައި ވަޑައިގަންނަވާނީ ގެކޮޅަށް ކަމަށެވެ. ބަލިވެ ވަޑައިގެންނެވިޔަސް ޕީޕީއެމްއާ ގުޅިވަޑައިނުގަަންނަވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ ޖަނަވަރީމަހު 28 ވަނަ ދުވަހުއެވެ. މިހާރުވަނީ ވޯޓު ފޮށިތައް ބަހައްޓާނޭ އަދަދާއިި ސަރަހައްދުވެސް އިއުލާން ކޮށްފައެވެ. އެ ދުވަހު ވޯޓުލުން ކުރިއަށްދާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.