އިންޑޮނޭޝިޔާއަށް 7.1 މެގްނިޓިއުޑުގެ ބިންހެލުމެއް އަތުވެއްޖެއެވެ. ބިންހެލުން އައިސްފައި ވަނީ އިންޑޮނޭޝިޔާގެ މޮލުއްކަސްއަށް ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. އެއީ މާލެ ގަޑިން މިއަދު ހެނދުނު 11:06 ހާ އިރުއެވެ.

މެޓް އޮފީހުން ވިދާޅުވީ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ބިންހެލުން އައިސްފައިވަނީ މާލެއާ 5948 ކިލޯ މީޓަރު ދުރަށް ކަމަށެވެ. އަދި މި ބިންހެލުމަކީ 7.1 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެކެވެ.

މިއީ އިންޑޮނޭޝިޔާއަށް މި އަހަރު އައި ދެވަނަ ބިންހެލުމެވެ. މި ބިންހެލުމުގެ އިތުރުން އިންޑަނޭޝިޔާއަށް ބިންހެލުމެއް އައިސްފައި ވަނީ، މިމަހު 9 ވަނަ ދުވަހުގައި އިންޑޮނޭޝިޔާގެ ޓަނިންބާ އައިލެންޑްސްއަށެވެ. އެއީ 7.7 މެގްނިޓިއުޑު ބާރުމިނުގެ ބިންހެލުމެކެވެ.