ރޭ މާލޭގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ. އެމީހާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިހާދިސާ ހިނގާފައިވަނީ ލޮނުޒިޔާރަތް މަގު ޗާކޯލް ކެފޭ ކައިރީގައެވެ. ފުލުހުން ވިދާޅުވީ ހަމަލާ ދީފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެކަމަށް ކަމަށެވެ. އެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ބާރަގަޑިބައި އެހައިކަންހާއިރު ކަމަށް ވެސް ފުލުހުންވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.