ބ އަތޮޅުން ފެށިގެން ދ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
އެ ސަރަހައްދަށް ހުދުސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:00 އިން އިރުއޮއްސި 18:00 އާ ހަމައަށެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ހުދު ސަމާލު ނެރެފައިވާ ހިސާބުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ.
އަދި އެ ހިސާބުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރާ ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
.