މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން އާބިޓްރޭޝަންގެ ހިދުމަތްތައް ފޯރުކޮށްދޭން ފަށައިފި އެވެ.

އާބިޓްރޭޝަން ސެންޓަރުން ނެރުނު ބަޔާނުގައި ބުނީ މިއަދުން ފެށިގެން، ގާނޫނުގައިވާ ގޮތުގެ މަތިން އާބިޓްރޭޝަންގެ ކަންކަމާ ގުޅުންހުރި ހިދުމަތްތައް އެ ސެންޓަރުން ރަސްމީކޮށް ދޭން ފަށާފައިވާ ކަމަށެވެ. މިހާރު ސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ ކަމަށް ބަޔާނުގައިވެ އެވެ.

އެ ސެންޓަރުން ބުނި ގޮތުގައި ސެންޓަރުން ވަނީ ވާޗުއަލް ހިދުމަތްތައް ވެސް ތައާރަފްކޮށްފަ އެވެ. ވާޗުއަލް ހިދުމަތްތަކާއެކު އާބިޓްރަލް ޕްރޮސީޑިން ކުރިއަށް ގެންދިއުމުގެ އިހްތިޔާރު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބޭނެ ކަމަށް އެތަނުން ބުންޏެެވެ.

ރާއްޖޭގައި އާބިޓްރޭޝަންގެ ގާނޫނު ތަސްދީގުކުރީ 2013 ގަ އެވެ. އަދި އާބިޓްރޭޝަން ސެންްޓަރެއް ހުޅުވައި އަމަލީ މަަސައްކަތް ފެށީ 2019 އޭޕްރިލް ގަ އެވެ.