މާލޭސިޓީކައުންސިލުން މާފަންނު ރަސްފަންނު ފަޅުތެރޭ ސާފުކުރުމަށް ނިންމަވައިފިއެވެ. މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ ރަސްފަންނު ފަޅުތެރެ ސާފު ކުރާނީ މާލެ ސިޓީ ކައުންސިލާއި ޑައިވް ޑެސްކް ގުޅިގެން ކަމަށެވެ.

މިހަރަކާތް ކުރިއަށް ގެންދާނީ ޖަނަވަރީ 21 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 7:00 އިން 11:00 އަށް ކަމަށް ވެސް ސިޓީކައުންސިލުން ވިދާޅުވިއެވެ.

މާލޭ ސިޓީކައުންސިލުން ގެންދަވަނީ މާލޭއާއި ވިލިމާލެ ސާފު ކުރުމުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ކުރަމުންނެވެ. އެގޮތުން މަގުތަކާއި އާންމުތަންތަން މާލޭ ސިޓީކައުންސިލުން ގެންދަނީ ސާފުކުރަމުންނެވެ. މާލޭސިޓީ ކައުންސިލްގެ އިތުރުން ވެމްކޯއިން ވެސް ގެންދަނީ މާލެތެރެ ސާފު ކުރުމުގައި ހަރަކާތްތެރިވަމުންނެވެ.