އަންނަ ރަމަޟާން މަހާ ގުޅިގެން މާލޭ ސިޓީކައުންސިލުން ބާއްވަން ހަމަޖައްސަވާފައިވާ މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ސިޓީކައުންސިލުން ވިދާޅުވީ މިހާރު ހަމަޖައްސަވާފައިވަނީ އެ މުއްދަތު ޖަނަވަރީ 25 ގައި ހަމަވާގޮތަށް ކަމަށެވެ.

މި މުބާރާތަކީ 6 އުމުރުފުރާއަކަށް ބަހާލައިގެން ބާއްވާ މުބާރާތެކެވެ. އެއީ 6 އަހަރުންދަށާއި، 9 އަހަރުންދަށާއި 11 އަހަރުންދަށާއި، 13 އަހަރުންދަށާއި 16 އަހަރުންދަށާއި 19 އަހަރުން ދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2023 އަށް ދަރިވަރަށް ފުރޭ އަހަރަށް ކަމަށް ވެސް ސިޓީކައުންސިލުން ވިދާޅުވިއެވެ.

މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް އިނާމާއި ހަނދާނީ ލިޔުން ދެވޭނެއެވެ. އެ ނޫން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވާނެއެވެ. އަދި މިއިން ކޮންމެ އުމުރުފުރައަކުން 1 ވަނަ، 2 ވަނަ، 3 ވަނަ އަށް އަންނަ ދަރިވަރަކު ހޮވާނެއެވެ.

މި މުބާރާތަށް އަލަށް ހުށަހަޅާ ޅެމާއި އަމިއްލަ ރާގުގެ ތެރޭން ވެސް އެންމެ މޮޅު 5 އުފެއްދުން ހޮވައި، 1 ވަނަ، 2 ވަނަ، 3ވަނަ ހޮވާނެއެވެ.

މިމުބާރާތުގެ ވަނަވަނައަށް އަންނަ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ؛

ކޮންމެ އުމުރުފުރާއަކުން:

1 ވަނަ -/8000 ރުފިޔާ، ޓްރޮފީ އާއި ސެޓްފިކެޓް

2 ވަނަ -/0600 ރުފިޔާ، ޓްރޮފީ އާއި ސެޓްފިކެޓް

3 ވަނަ -/4000 ރުފިޔާ، ޓްރޮފީ އާއި ސެޓްފިކެޓް

މުޅިމުބާރާތުން:

1 ވަނަ -/25000 ރުފިޔާ، ޓްރޮފީ އާއި ސެޓްފިކެޓް

2 ވަނަ -/15000 ރުފިޔާ، ޓްރޮފީ އާއި ސެޓްފިކެޓް

3 ވަނަ -/10000 ރުފިޔާ، ޓްރޮފީ އާއި ސެޓްފިކެޓް

މި މުބާރާތުގެ ވަނަވަނައަށް އަންނަ ޅެމާއި އަމިއްލަ ރާގަށް ކަނޑައެޅިފައިވާ އިނާމުތަކަކީ؛

3 ވަނައަށް ހޮވޭ ޅެމާއި ރާގަށް: -/3000ރ، ހަނދާނީ ލިޔުމާއި އިނާމު.

2 ވަނައަށް ހޮވޭ ޅެމާއި ރާގަށް: -/4000ރ، ހަނދާނީ ލިޔުމާއި އިނާމު.

1 ވަނައަށް ހޮވޭ ޅެމާއި ރާގަށް: -/5000ރ، ހަނދާނީ ލިޔުމާއި އިނާމު.