ވަގަކަށް ވަޒީރުކަމުގައި ނުކުރެވޭނެ ކަމަށް އިޒްރޭލުގެ ބަންޑާރަ ނާއިބް ބުނެފިއެވެ. ޔަހޫދީ ގައުމުގެ އެޓާނީ ޖެނެރަލް ގާލީ ބަހާރަވް މިއާރާ، ބޮޑު ވަޒީރު ނަތަންޔާހޫއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ޝާސް ޕާޓީގެ މަޚްލޫފް ދާރީއަކީ ވަގެއް ކަމަށް މަތީ ކޯޓުން ހުކުމް ކޮށްފައި ވުމާއެކު އޭނާ މަގާމުން ވަކި ކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް އިޒްރޭލުގެ ސިޔާސީ ލީޑަރުން ވިސްނަމުން ދަނީ އޭނާ ވަޒީރު ކަމުގައި ނެތަސް އޭނާއަށް ބޮޑު ވަޒީރުގެ ނާއިބް ކަން ނޫނީ ބޮޑު ވަޒީރުގެ ގާއިމް މަގާމުކަން އަދާ ކުރެވިދާނެ ގޮތެއް ބަލައި އެގޮތަށް ހަމަޖައްސާށެވެ.

ގުޅުން ހުރި ލިޔުން

ވަގު ވަޒީރަށް މަގާމުގައި ނުހުރެވޭނެ: މަތީ ކޯޓު