ޖަމާލުއްދީން ސްކޫލުގެ ލިޓްލްމެއިޑާއި ގާލްގައިޑުންނަށް ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުން ކުރިއަށް ގެންދިޔަ މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ޖަނަވަރީ 20 ވީ ހުކުރު ދުވަހުއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީގޮތުގައި މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ޖަމާލުއްދީން ސްކޫލުގެ ހޯލުގައެވެ. އަދި މި ސެޝަންގައި އެ ސްކޫލުގައި ކިޔަވަމުންދާ ލިޓްލްމެއިޑް އަދި ގާލްގައިޑު 161 ދަރިވަރުން ބައިވެރިވެފައިވާ ކަމަށްވެސް އެފަރާތުން ވިދާޅިވެއެވެ.

މި ފަޔަރ ސޭފްޓީ ސެޝަންގައި ކިޔަވައިދެވުނު ބައިތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ އިތުރުން ފަޔަރ ބްލޭންކެޓާއި ފަޔަރ އެކްސްޓިންގުއިޝަރ ބޭނުން ކުރާނެ ގޮތްތައް ވަނީ ކިޔައިދީފައެވެ.

މި ސެޝަންގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ސިފައިންނެވެ.