ހއ. ހޯރަފުށި ކައިރިން މިއަދު ފެނުނު ކިނބޫ، ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ކިނބޫ ފެނުނު ކަމަށް ރިޕޯޓް ކޮށްފައި ވަނީ ހޯރަފުއްޓާ އެއްފަޅެއްގައި އޮންނަ އުނގުލިފިނޮޅާއި ހުވަހަންދުއާ ދެމެދުންނެވެ. އެމްޑީއެފްއިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ކިނބުލުގެ އަނގަ ޓޭޕު އަޅައި ބަންދުކޮށް ވަލެއްޖަހައި އެމްޑީއެފްގެ ލާންޗަކަށް ނަގާ މަންޒަރެވެ. އެމްއެންޑީއެފްއިން ހާމަ ކޮށްފައިވާ ގޮތުގައި މިކިނބުލުގައި ގާތްގަނޑަކަށް 6 ފޫޓް ހުންނާނެއެވެ. މިކިނބޫ ދޫކޮށްލިކަން ނުވަތަ ދޫކޮށްނުލާކަން އަދި އެމްޑީއެފްއިން ހާމަކޮށްފައެއް ނުވެއެވެ.

ހޯރަފުށި ކައިރިން ކިނބުލެއް ފެނިފައި މިވަނީ، މީގެ ހަފްތާއެއްހައި ދުވަސް ކުރިން މާލެ އަތޮޅުން 14 ފޫޓް ހުންނަވަރުގެ ކިނބުލެއް ފެނިފައި ވަނިކޮށެވެ. ސިފައިން ވަނީ މިކިނބޫ ހިފައި 124 ނޯޓިކަލް މޭލު ބޭރަށް ދޫކޮށްލާފައެވެ.