މަސްދޯންޏެއް ބިންދައިގެން ގޮސްފިކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ.

ބިންދައިގެން ގޮސްފައި ވަނީ ގއ. ދާންދޫ ''ފަހިރޯދި'' ނަމަކަށް ކިޔާ ދޯނި ކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މިފްކޯއިން ވިދާޅުވީ މި ދޯނި ބިންދައިގެން ގޮސްފައިވަނީ ރޭ ދަންވަރުގައި ކަމަށެވެ. އަދި އެ ދޯނިން އެހީތެރިކަމަށް އެދުމުން މިފްކޯގެ ރަންދި 23 ބޯޓުން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށް މިފްކޯއިން ބުންޏެވެ. އަދި ފަހިރޯދި ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށްވެސް މިފްކޯއިން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމެއް ނުވަތަ ނޫންކަމެއް އެނގިފައެއް ނުވެއެވެ.