ދ. ދަނގެތީގައި ވަގުތީ ފެން އިސްކުރުބަރިއެއް މެދުވެރިކޮށް ފެން ލިބޭނެގޮތް ހަދައިފި ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ މިއީ އެރަށުގެ ރައްޔިތުންނަށް ބޯފެން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދާއިދިނުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށެވެ.

އަދި މި ވަގުތީ އިސްކުރުބަރި މެދުވެރިކޮށް، ދަނގެތީގައި ގާއިމްކޮށްފައިވާ ފެން ޕްލާންޓުން، އާންމު ބޭނުންތަކަށް މިހާރު ފެންދޫކުރަން ވަނީ ފަށައިފައި ކަމަށްވެސް އެ ފަރާތުން ވަނީ ވިދާޅުވެފައެެވެ.