މިއަދު މެންދުރު 12:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށް މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނޭ ކަމަށް ލަފާކުރެވޭތީ މުޅި ރާއްޖެ ސަމާލުވުމަށް ބުނެ މެޓު އޮފީހުން ވައިޓް އެލާޓް މިއަދު ނެރެފިއެވެ.

މެޓު އޮފީހުން ނެރެފައިވާ ވައިޓް އެލާޓުގައި ވައިގަދަވާނޭ ވާހަކައެއް ވެސް ބުނެފައެއް ނުވެއެވެ. އޭގެ އިތުރުން ކަނޑުތަކުގެ ވާހަކައެއް ދައްކާފައި ނުވެއެވެ. އެހެން ކަމުން މެންދުރު 12 އިން ހަވީރު 6:00 އަށް އެންމެވެސް ސަމާލުވެ ތިބުމަކީ ރައްކާތެރި ކަމެކެވެ. މީގެ ކުރިން ރާއްޖެއަށް ބޯކޮށްވާރޭ ވެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވެފައި އެބަހުއްޓެވެ. އެގޮތުން ދަނޑު ބިންތައް ހަލާކުވުމާއި ފެންބޮޑުވެ ގެއާއި ބަދިގޭގައި ގެންގުޅޭ ސާމާނުތަކަށް ގެއްލުން ވެސް ވެފައި އެބަހުއްޓެވެ.