ޕީއެސްއެމްއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން ޕީއެސްއެމްއަށް އިލްތިމާސްކޮށްފިއެވެ. އެ ކޯލިޝަނުން އެކަމަށް އިލްތިމާސް ކުރީ މިއަދު ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދާ، ޕީއެސްއެމްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ނެރުނު ބަޔާނުގައެވެ.
މި ބައްދަލުވުގައި ޕީޕީއެމްއިންވަނީ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާ ޕީއެސްއެމްގެ އިސްވެރިންނާއި މަޝްވަރާކުރައްވާއިފައެވެ.
އެގޮތުން، އިދިކޮޅުން ކަންބޮޑުވުން ފާޅުކުރި ކަންކަމުގެ ތެރޭގައި ޕީއެސްއެމްގެ ޗެނަލްތަކުން އިދިކޮޅަށް ފުރުސަތު ނުލިބޭކަމާއި، ހަމަހަމަ ކަމާއެކު ޚަބަރުތަކުން ފުރުސަތު ނުލިބޭ މައްސަލަ ފާހަގަކޮއްފައިވެއެވެ. އަދި ދައުލަތުގެ މީޑިއާއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ތަނަކަށްވެފައި ރައްޔިތުންނަށް ދެފަރާތް ފެންނަގޮތަށް ހަބަރުތައް ގެނެސް ނުދެވޭކަމާއި ވަކި ޕާޓީއެއް ޕްރޮމޯޓް ކުރުމާއި އަދި ޕާޓީގެ ހައިސިއްޔަތުން ރައީސް އިބްރާހީމް މުހައްމަދު ސާލިޙް ކުރައްވަވާ ކަންކަންވެސް ޕީއެސްއެމްއިން ޕްރޮމޯޓް ކުރާތީ އެކަމުގެ ކަންބޮޑުވުންވެސް އެފަރާތުން ހިއްސާ ކޮށްފާވެއެވެ.
މީގެއިތުރުން، ރައީސް ސާލިޙްގެ ކެޕްމެއިން ހަރަކާތް ކުރިއަށް ގެންދިއުމަށް އެހީތެރިވާކަމާއި، އެގޮތުން ދައުލަތުގެ މީޑިއާގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކުރާ ކަމާއި އެމްޑީޕީގެ ޕްރައިމަރީ ތެރޭގައިވެސް ރައީސް ސާލިޙްގެ ހަރަކާތް ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދޭކަންވެސް ފާހަގަކޮށް ޕީއެސްއެމްގެ ގާނޫނުގައިވާ ކަންކަން ތަންފީޒު ކުރުމުގައި، ޕީއެސްއެމްގެ ބޯޑާއި މެނޭޖްމަންޓް އިހުމާލުވެފައިވާ ކަމާއި، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެއް ހުރި އިރު އެއްވެސް ގޮތަކަށް އިދިކޮޅުގެ ވާހަކަތައް ހަބަރުގައިވެސް ގެނެސް ނުދެވޭކަންވެސް ޕީޕއެމްއިން ފާހަގަ ކޮށްފައިވެއެވެ.
ޕީޕީއެމްއިން ވަނީ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކާއި ގުޅިގެން އިދިކޮޅުގެ ބަހެއް ހޯދާނުލާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ތަނުގައިތިބި ފަންނީ އަދި ގިނަ ދުވަސްވީ މުވައްޒަފުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލެވޭކަމާއި، އަދި ހިދުމަތްތެރި އެތައް މުވައްޒަފުންނެއް، މެނޭޖްމެންޓާއި މެދު ހިތްހަމަ ނުޖެހިގެން ކެނޑިގެން ގޮސްފައިވުމާއި މިހާރު ތިބި މުވައްޒަފުންގެ ހުރި ނުތަނަވަސްކަން ހައްލުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
ތި ތަންތަން މިހާރު އެއޮތީ ރީނދޫ އެލާޓުގާ ތިތަންތަނަކަށް އެއްވެސް ކަހަލަ ތާޒާކަމެއް މިހާރަކު ނުލިބޭނެ، އަބަދުވެސް ރީނދޫ ސަމާލު ނެރެފަ އޮންނާނީ ކުރީގަ ހުރި ރޯޝަނީކަމާ ތާޒާކަން ގެއްލި ޚަރީފު މޫސުން އައިސްފާ އޮތްތަނެއް ޓީވީއެމަކ'ީ، ގިނަ ފަހަރަށް ދައްކާނޫވެސް ރިޕީޓު ޕުރަގުރާމްތައް، ކުރީގާ ޓީވީއެމަކީ ހާދަ ޖޯޝަކާ ފޯރިއެއްގާ ހިންގި ތަނެކޭ، މިހާރު އެއޮތީ ހާގޮވާފަ.