ބްރައިޓަންއަށް ކުޅެމުން އަންނަ އިކްއެޑޯރުގެ ހުނަރުވެރި މިޑްފީލްޑަރު މޮއިސެސް ކެއިސޭޑޯ ގަތުމަށް ލީގް ޗެމްޕިއަންކަމަށް ވާދަ ކުރުމުން އަންނަ އާސެނަލްއިން މަސައްކަތް ފަށައިފިއެވެ.
އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އާސެނަލްއިން ވަނީ ކެއިސޭޑޯ ގަތުމަށް ބްރައިޓަނަށް ޓްރާންސްފާ ފީގެ ގޮތުގައި 60 މިލިޔަން ޕައުންޑް ހުށަހަޅާފައެވެ.
އިނގިރޭސި ބައެއް މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން އާސެނަލްއިން ހުށަހެޅި ބިޑަށް ބްރައިޓަނުން ވަނީ ނޫނެކޭ ބުނެފައެވެ. އަދި އާސެނަލްއަށް އަންގާފައި ވަނީ ޖެނުއަރީ ޓްރާންސްފާގައި ކެއިސޭޑޯ ވިއްކާލެވެން ނެތް ކަމަށެވެ.
ލީގް ޗެމްޕިއަންކަމުގެ ރޭހުގެ ކުރީގައި އޮވެ އާސެނަލް ސީޒަން ނިންމާލަން ބޭނުންވާއިރު ސްކޮޑް ވަރުގަދަ ކުރުމަށް އެކްލަބުން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.