ޑެންމާކުގައި ހުކުރު ދުވަހު ކީރިތި ޤުރުއާން އަންދާލި މައްސަލަ ސައުދީ އަރަބިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ސައޫދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިފަދަ އަމަލުތަކުގެ ސަބަބުން މުޅި ދުނިޔޭގެ އެތައް މިލިއަން މުސްލިމުން ރުޅިއަރުވާ ލެވެނީ ކަމަށެވެ. ޔޫރަޕްގެ ތާލިބާން ބްރޭންޑްގެ ނަސާރާ ސޮލީބީން ހުކުރު ދުވަހު މިސަލީބީ ޖަރީމާ ހިންގާފައި ވަނީ ކޯޕަންހޭގަން ގައެވެ.

ސައޫދީ މިނިސްޓްރީން ބުނެ ފައިވަނީ ޔޫރަޕްގެ ގިނަ ސިޓީތަކުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބަހަނާގައި ހިނގާ މިފަދަ ފާޅު ކަން ބޮޑު ޖަރީމާތަކަށް ސައޫދީ އަރަބިއްޔާއިން ދެކޮޅު ހަދާ ކަމަށެވެ.

ކޯޕަން ހޭގަންގައިވެސް ކީރިތި ޤުރުއާން އަންދާލާފައި ވަނީ ސުއިޑްންގައި ތުރުކީ އެމްބަސީގެ ކުރިމަތީގައި އެޖަރީމާ ހިންގި މަލްއޫނެވެ. މަލްއޫނު ކޯޕަންހޭގަން ގައި އަންދާލާފައި ދެ ޤުރުއާނެވެ. އެކަން ކުރީ މަލްއޫނު އެކަންޏެވެ.