ކާނާއަކީ ކެލޮރީ އާއި އެއްވަރު އެއްޗަކަށް ވާތީ، ބަރުދަން ލުއި ކުރުމަށްޓަކައި ކެލޮރީ މަދުކޮށް ކެއުމާއި، ހަރަކާތްތެރިކަމާއެކު ކެލޮރީ އަންދާލުމަށް ކަސްރަތު ކުރަން ކުރަން ޖެހެ އެވެ. ބައެއް ފަހަރު ކޮލޮރީ މަދުކޮށް ކެއުމާއެކު ގިނައިން ކަސްރަތު ކުރަން ޖެހެއެވެ. އަންދާނުލެވޭ ކާނާ ރައްކާކުރެވެނީ ސަރުބީގެ ގޮތުގައެވެ.

ބަރުދަން ލުއިކުރުމުގެ ބޮޑު ބަޔަކީ ކާނާ ސްމާޓްކޮށް ހޮވުމެވެ. މިއޮތީ ސްމާޓްކޮށް ކާނާ އިހްތިޔާރު ކުރާނެ ގޮތެވެ.

ނިއުޓްރިޝަން ނެތް ކާނާ ލިމިޓްކުރުން

މިސާލަކަށް: ހަކުރު، ހަވާދު، ޝިރަޕް އަދި ކެންޑީ، ޕޭސްޓްރީ، ޑޮނަޓްސް، ޕައި، ކޭކް އަދި ކުކީސް، ސޮފްޓް ޑްރިންކްސް، ހަކުރު އަޅާފައިވާ ޖޫސް މަދުން ބޭނުން ކުރުން.

ސަރުބީ ގިނަ ކާނާ ކެއުން މަދުކުރުން:

ޕޯލްޓްރީ، މަސް ނުވަތަ ލީން ރެޑް މީޓް ހޮވުންފިހެ، ބްރޮއިލް، ސްޓީމް، ގްރިލް އަދި ކައްކާ ފަދަ ލޯ ފެޓް ކެއްކުމުގެ ގޮތްތައް އިޚްތިޔާރުކުރުން. ލޯ ފެޓް ނުވަތަ ނޮން ފެޓް ޑެއިރީ ޕްރޮޑަކްޓްސް ބޭނުންކުރުން، ގަސްގަހާގެހި، ލުނބޯ ނުވަތަ ފެޓް ފްރީ ސެލެޑް ޑްރެސިންގްސް ބޭނުން،

ސޮސެޖް، ފްރެންކްސް، ރިބްސް އަދި ލަންޗަން މީޓްސް ފަދަ ސަރުބީ މަސްތަކުން ދުރުހެލިވުން. ނަޓްސް، ޗިޕްސް އަދި ޗޮކްލެޓް ފަދަ ސަރުބީ ގިނަ ލުއި ކާނާ ކެއުމުން ދުރުހެލިވުން. ތެލުލާފައި ހުންނަ ކާނާ ކެއުމުން ދުރުހެލިވުން. ބަޓަރ، މާޖަރީން، ތެޔޮ އަދި މެޔޮނައިޒް މަދުން ބޭނުންކުރުން. ހައި ފެޓް ގްރޭވީސް، ކްރީމް ސޯސް އަދި ކްރީމް ބެސްޓް ސޫޕްސް އިން ދުރުހެލިވުން.

ތަފާތު ކާނާ ކެއުން، އޭގެ ތެރޭގައި:

ރޯކޮށް، ސްޓީމްކޮށްފައި ނުވަތަ ފިހެފައި ހުންނަ މޭވާ އާއި ތަރުކާރީ، ހޯލް ގްރޭންސް، ރޮށި، ސީރިއަލް، ރައިސް އަދި ޕާސްތާ، ޑެއިރީ ޕްރޮޑަކްޓްސް، ލޯ ފެޓް ނުވަތަ ނޮން ފެޓް ކިރު ނުވަތަ ޔޯގަޓް، ލޯ ފެޓް ކޮޓެޖް ޗީޒް އަދި ލޯ ފެޓް ޗީޒް ފަދަ ތަކެތި. ޕްރޮޓީން ގިނަ ކާނާ ކެއުން. މިސާލަކަށް ކުކުޅު، ޓާކީ، މަސް، ލީން މަހާއި ލެގިއުމްސް، ނުވަތަ ބިސް ފަދަ ތަކެތި.

ކެއުމުގެ އާދަ ބަދަލުކުރުން:

ބަނޑުހައިހޫނުކަން ކޮންޓްރޯލް ކުރުމަށް އެހީތެރިވުމަށް ދުވާލަކު ތިން ފަހަރު ބެލެންސްޑް ކެއުން ވަރަަށް މުހިއްމެވެ.

ޕޯޝަން ސައިޒްތައް ބަލައި ތަފާތު ކާނާގެ ކުދިކުދި ސާވިންގްސް ކާށެވެ. ކެލޮރީ މަދު ލުއި ކާނާ ހޮވާށެވެ. ބަނޑުހައިވެފައި ހުންނަ ވަގުތު އެކަނި ކާށެވެ. އަދި ހިތްހަމަޖެހުމުން ހުއްޓާލާށެވެ. މަޑުމަޑުން ކެއުން އަދި ކާއިރު އެހެން މަސައްކަތްތައް ނުކުރުމަށް މަސައްކަތް ކުރާށެވެ. ކާބޯތަކެތި އަންދާލުމަށްޓަކައި ހިނގާބިނގާވެ އުޅުމާއި، ހޮބީއެއް އިހްތިޔާރު ކުރުމާއި ނުވަތަ މުޖުތަމަޢުގައި ބައިވެރިވުން ފަދަ އެހެން ހަރަކާތްތައް ހޯދާށެވެ. ގަވާއިދުން ކަސްރަތު ކުރުން ދުވަހުގެ ރޫޓިންގ ތެރޭގައި ހިމަނާށެވެ.

އަދި ބަރުދަން ލުއިކުރުމުގެ މަސައްކަތުގައި އަމިއްލަ ނަފްސު މޯޓިވޭޓް ކުރުމަށް އެހީތެރިކަން ބޭނުންވާނަމަ، އެހީތެރިކަން ދެވޭނެފަދަ ސަޕޯޓް ގްރޫޕެއް ހޯދާށެވެ.