އާންމު ރައްޔިތެއްގައި ކޮޅުފައިން ތަޅައި އަނިޔާކޮށް އައުގުރާނަ ގޮވި ފުލުހުން ނިސްބަތްވާ ސްކޯޕިއޮން ޔުނިޓް އެމެރިކާގެ މެމްފިސް ފުލުހުން އުވާލައިފިއެވެ. ފުލުހުން ވަނީ ކަޅު ނަސްލުގެ އުމުރުން 29 އަހަރުގެ ބެނެޑިކްޓް ކިޔާ މީހަކަށް އަނިޔާކޮށް މަރާލާފައެވެ.

އެމެރިކާ ފުލުހުންނަކީ އަނިޔާ ކުރުމުގައި ދުނިޔޭގައޮ އެވަރުގެ ދެވަނައެއް ނެތް ބައެކެވެ. ރޮޑްނީ ކިންގ މަރާލުމުން ފެށިގެން ފުލުހުންގެ މުއައްސަސާ ރިފޯމު ކުރުމަށް ގޮވާލާއިރުވެސް އެކަން އެމެރިކާއިން ކޮށްފައެއް ނުވެއެވެ. އެމެރިކާގައި ފުލުހުން ކުރާ އަނިޔާއަނީ ނިޒާމީ ސިފައެއްގައި މުއައްސަސާގެ ފެންވަރުގައި ހިންގާ ޖަރީމާތަކެކެވެ.