އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖަޔަޝަންކަރު ލިޔުއްވާފައިވާ ފޮތް ޕޫނޭގައި ޝާއިއުކޮށްފިއެވެ. "ދަ އިންޑިއާ ވޭ: ސްޓްރެޓެޖީޒް ފޯރ އޭން އަންސަރޓައިން ވަރލްޑް" ވަނީ މަރާޓީ ބަހަށް ޝާިއުކޮށްފައެވެ. އެމުނާސަބާގައި ޕޫނޭގައި ވާހަކަ ދައްކަވަމުން، އޭނާ ވިދާޅުވީ ޗައިނާ ކަހަލަ ގައުމެއް އަވަށްޓެރިއެއްގެ ގޮތުގައި އޮތުމުން ދިމާވާ އޭގެ ޒާތުގައި އަމިއްލަ ގޮން ޖެހުންތަކެއް ހުންނާނެ ކަމަށެވެ.

ޖައިޝަންކަރު ސިފަ ކުރެއްވިގޮތުގައި ޗައިނާ އަކީ އާދަޔާ ހިލާފު އަވަށްޓެރިއެކެވެ. އަދި ޗައިނާފަދަ ދުނިޔޭގެ ސުޕަރުޕަވަރެއްގެ އަވަށްޓެރިއެއްގެ ގޮތުގައި އޮތުމުން ކުރިމަތިލާން ޖެހޭ ގޮންޖެހުންތަކެއްވެސް ހުންނާނެ ކަމަށެވެ.

ޖަޔަޝަންކަރުގެ ވާހަކައިގައި ޕާކިސްތާނާ ބެހޭ ގޮތުންވެސް ވާހަކަ ދެއްކެވިއެވެ. އޭނާ ވިދާޅުވީ، އިންޑިއާއަކަށް އަމިއްލައަކަށް އަވަށްޓެރިން އިޚުތިޔާރެއް ނުކުރެވޭނެ ކަމަށެވެ.