މާލެއަތޮޅު ގުރައިދުއަށް ޖެނެރޭޓަރުސެޓެއް ސްޓެލްކޯއިން ފޮނުވައިފިއެވެ.

ސްޓެލްކޯއިން ބުނީ މިއީ ގުރައިދޫގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމުންގެންދާ ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އެރަށަށްފޮނުވި ޖެނެރޭޓަރު ސެޓެއް ކަމަށެވެ.

ގުރައިދުއަށް ސްޓެލްކޯއިން ފޮނުވާފައިވަނީ 800 ކޭޑަބްލިޔުގެ ޖެނެރޭޓަރު ސެޓެކެވެ. "މި ޖަނަރޭޓަރުސެޓާއެކު، ގުރައިދޫގެ ކެޕޭސިޓީ 1550kW އިން 2350kW އަށް އިތުރު ކުރެވިގެންދާނެ،" ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ. އެގޮތުން އިންޖީނުގެތަކުގެ ކެޕޭސިޓީ އިތުރުކޮށް މެދު ނުކެނޑި ޚިދުމަތް ދިނުމަށް އެކުންފުނިން ގެންދަނީ މަސައްކަތް ކުރަމުންނެވެ.