ޔުކްރެއިންގައި އެމެރިކާއާއި ޔޫރަޕްގެ ކުލީ ހަނގުރާމައެއް ހިނގަމުން ދާއިރު ސިއްރު ހަނގުރާމައެއް އީރާނާ ދެކޮޅަށް ފަށައިފިއެވެ. އާދިއްތަ ދުވަހުގެ ރޭ އީރާނާ ދެކޮޅަށް ދީފައިޥާ ހަމަލާގައި އީރާނުގެ ލޮރިތަކެއްގެ ގާފިލާއަކަށް ބޮން އަޅާފައި ވެއެވެ. އަދި އޭގެ ކުރިން ހޮނިހިރު ދުވަހު އީރާންގެ ސިފައިންގެ ފެކްޓްރީއަކަށް ހަމަލަ ދީފައި ވެއެވެ.
ވައިގެ މަގުން ދީފައިވާ ދެ ހަމަލާއަކީ ޑްރޯން ހަމަލަތަކެވެ. އަދި ދެ ހަމަލަ އައި ތަނެއް ކަށަވަރެއް ނުވެއެވެ.
އާދީއްތަ ދުވަހުގެ ރޭ ދީފައިވާ ހަމަލާގައި، އިރާގު ބޯދަރުން ސީރިޔާގެ ބޯޑަރަށް ވަންނަން ދިޔަ ލޮރީތަކެއްގެ ގާފިލާއަށް ދިން އިންޒާރުގައި ޑްރައިވަރުން ލޮރިތައް ދޫކޮށް ދިއުމަށް އިންޒާރު ދެވުނެވެ. އެއަށްފަހު 25 ލޮރީގެ ގާފިލާއަށް ބޮން އެޅިއެވެ.
މި ލޮރިތަކަކީ ހިޒުބުﷲއަށް އީރާނުން ފޮނުވި ހަތިޔާރު ޝިޕްމެންޓެއްކަމަށް އީރާނާ ދެކޮޅު ފަރާތްތަކުން ބުނެއެވެ.
ޒަޔަނިސްޓް މީޑިއާއިން ރިޕޯޓް ކޮށްފައވާ ގޮތުގައި ލޯރީ ތަކަށާއި އީރާންގެ ޑިފެންސް މިނިސްޓްރީގެ ފެކްޓްރީއަށް ހަމަލަ ދީފައިވަނީ އިޒްރޭލުގެ ޑްރޯންތަކުންނެވެ. ނަމަވެސް ވޯލްސްޓްރީޓް ޖާނަލް އިން ބުނެފައި ވަނީ އެހަމަލަތައް "ވިލަރެސް ކޮށްފައި ވަނީ އިޒްރޭލުން" ކަމަށެވެ.
އިޒްރޭލުގެ ކަން ބޮޑު ވުމަކީ އީރާންގެ ނިއުކްލިއަރ ހަތިޔާރެވެ. އެމެރިކާއާއި އިޒްރޭލުން މިދިޔަ ހަފްތާ ނިމުނު އިރު ބާއްވާފައވާ އަސްކަރީ ތަމްރީންގައި ޕްރެކްޓިސް ކޮށްފައި ވަނީ އީރާނަށް ބޮން އެޅުމަށެވެ.
ޔުކްރެއިންގެ ކުލީ ހަނގުރާމައާއި ޗައިނާ ރުޅިއަރުވާލައި ޓައިވާންގެ މަސްރަހު ހޫނު ކުރުމާއި މެދުއިރުމަތީގައި އީރާނަށް ނުހޮރޮއްޕާން ކުރުމުން ދޭހަވަނީ ދުރުނޫން މުސްތަގްބަލެއްގައި ކޮންމެވެސް ހިސާބެއްގައި ބޮޑު ހަނގުރާމައެއް ރޯކޮށްލާ ކަނިކޮޅެއް އުޅޭހެންނެވެ.