އެމެރިކާގެ ބޯ ހިމެނުމުގެ ޑޭޓާ ނަގާ އިރު މެދުއިރުމަތީގެ ގައުމުތަކުން ހިޖުރަކޮށްފައިވާ މީހުން ދޮން މީހުންގެ ގޮތުގައި ގުނުމަށް ހަމަޖައްސައިފިއެވެ.

ބައިޑެންގެ ސަރުކާރުން ފެޑަރަލް ރެޖިސްޓާއަށް ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިޑްލް އީސް ނޯރތު އެފްރިކާ ރީޖަން (މީނާ)އިން ހިޖުރަ ކޮށްފައިވާ މީހުން ބޯހިމަނާއިރު ގިންތި ކުރަންވާނީ ދޮން މީހުންގެ ގޮތުގައެވެ. އެ ކެޓަގަރީގައި ހިމެނޭ ގައުމުތައް ކަމަށް ބުނެފައި ވަނީ ލުބުނާނާއި އީރާނާއި މިސްރާއި ސީރިއާއާއު މަޣުރިބާއި އިޒްރޭލެވެ. އެހެން ނަމަވެސް މީނާގެ ގޮޅީގައި ވަކިން ފާހަގަ ޖަހައި ދޮން މީހުން ކަމަށް ގިންތި ކުރަން ބޭނުން ނުވާ މީހުންނަށްވެސް އެފުރުސަތު އޮންނާނެ ކަމަށްވެސް އިއުލާންގައި ބުނެފައި ވެއެވެ.