އަތުން ބޮޑެތި ގަނޑުތަކުގައި ލިޔެ ތައްޔާރު ކުރަމުންދާ ޚަތިމު ނިންމާ ލެވުނީ އެއް އަހަރުންނެވެ. ފަލަސްތީނުގެ ޚައްތާތު ހާޝިމް ކްލޫބު ބުނާ ގޮތުން އޭނާގެ މި ޚަތިމުގެ ދެބައިކުޅަ އެއްބައި ނިންމާ ލެވުނީ ހަ މަހުންނެވެ. މިއީ ބޮޑު ސައިޒްގައި އޭނާ ޚަތިމު ލިޔާ ދެވަނަ ފަހަރެވެ.

މި ފަހަރު އޭނާ ލިޔެމުންދާ ޚަތިމުގެ ގަނޑުގެ ސައިޒަކީ، ތިން ފޫޓު ތިން އިންޗިއާއި 2 ފޫޓު ތިން އިންޗި އެވެ.

ހުޅަނގު އައްސޭރީގައި ދިރިއުޅޭ އުމުރުން 56 އަހަރުގެ ހާޝިމްގެ މި ޚަތިމުވެސް ލިޔެފައި ވަނީ އުސްމާނީ އަކުރުންނެވެ. އޭނާއަކީ ފަލަސްތީނުގައި އާމްދަނީ ހޯދުމަށް އަތުން ލިޔެ އުޅޭ މީހެކެވެ.